މިއަދު ރައްޖެއިން 1299 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ފައްސިވި1299 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި890 މީހުންނާއި އަތޮޅުތެރެއިން ފައްސިވި334 މީހުންގެ އިތުރުން އޮޕަރޭޝަނަލް ރިސޯޓަތަކުން48 މީހުން އަދި ލިވަބޯޑްސް އިން10 މީހަކާއި ހަދަމުންދާ ރައްތަކުން17 މީހެކެވެ.
https://twitter.com/HPA_MV/status/1397598419426844674
މިދިޔަ24 ގަޑީރުގެ ތެރޭގައި1299 މީހުން ފައްސިވެފައި ވަނީ ޓެސްޓުކުރި5،186 ސާމްޕަލްގެ ތެރެއިންނެވެ.
ކޮވިޑްގައި މިއަދު ރާއްޖެއިން 3 މީހަކު ދުނިޔެދޫކޮށްފައި ވާއިރު، ކޮވިޑްގައި މިހާތަނަށް 147 މީހަކު މި ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި 24،867 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން ދާއިރު، މިހާތަނަށް 34،621 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި285 މީހަކަށް ފަރުވާދެމުން އެބަ ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް