ނައިބުރައީސް ފައިސަލް ނަސީމް ކޮވިޑަށް ފައްސިވެއްޖެއެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރައްވާފައިތާ ޓްވީޓެއްގައި ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ކޮވިޑަށް ފައްސިވެފައި ވާކަމަށެވެ. އަދި މިވަގުތު ނައިބު ރައީސް ހުންނެވީ އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
https://twitter.com/MvSpokesperson/status/1397592367566262273
ފެބްރުއަރީ މަހުގެ ތެރޭގައި ނައިބު ރައީސަށް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. އޭރު ހުންއަހިސްގެން ފަރުވާ ދިން ނަމަވެސް، އެފަހަރު ނައިބުރައީސް ވަނީ ކޮވިޑަށް ނައްސިވެފައެވެ.
ނަައިބު ރައީސް ކޯވިޑް-19 ވެކްސިން ޖައްސަވާފައިވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު އެވެ. އެކަމަކު ވެކްސިން ޖެހުމުން އިތުރު ސިއްހީ މައްސަލައެއް ކުރިމަތިވިކަން ހާމަކޮށްފައެެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް