ކަސްޓަމަރުން ގޭގައި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން ހިލޭ ޑޭޓާ ދެނީ!

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައިތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރ ތަކެއް ދިރާގު...

26 May 2021 | 16:15

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައިތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރ ތަކެއް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ދޭން ހަމަޖައްސައިފިއެވެ.

ކޮވިޑް19-ގެ މި ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން ޑިޖިޓަލް ޚިދުމަތްތަކަށް އިތުރަށް ބަރޯސާވާން ވަނީ ޖެހިފައިއެވެ. އެގޮތުން މިދިޔަ އަހަރެކޭވެސް އެއްފަދައިން، އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ވަނީ ހަމަޖައްސާފައިއެވެ.

ދިރާގުން ބުނީ، ޚާއްޞަ އޮފަރޔަކެއް ތަޢާރަފް ކޮށްފައި މި ވަނީ، މި ދަނޑިވަޅުގައި އިންޓަނެޓް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހައެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ދިރާގުން ތަޢާރަފް ކޮއްފައިވާ އޮފަރތަކުގެ ތެރޭގައި:-

ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ލިބޭ ހިލޭ ޑޭޓާ

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.
  • ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހުގައި ލިބިގެންދާނެއެވެ.
  • ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާނެއެވެ.
  • ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާނެއެވެ.

ކަސްޓަމަރުންނަށް ހިލޭ ޑެޓާ ލިބިގެން ދާނީ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށް ދިރާގުން ބުނެެއެވެ.

ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.
  • މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުންވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެއެވެ.
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެއެވެ.
  • ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓަރ އެކްޓިވޭޓް ކުރަށްވައިގެން %100 އިތުރު އެލަވަންސް ލިބިގެންދާނެއެވެ.
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އުތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.
  • ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުން 100% އިތުރު އެލަވަންސް ށް ލިބިގެންދާނެއެވެ.

ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން އަދި ބޫސްޓަރ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 27 މޭ 2021 ގެ 12:00 އިން 30 ޖޫން 2021 ގެ ނިޔަލަށް ނެވެ.

  • މީގެ އިތުރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން 2021 ގެ ކުރިން  އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮންތަކަށް 50% ޑިސްކައުންޓް ލިބިގެންދާނެއެވެ.

މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އުންމީދުކުރާ ކަމުގައި ދިރާގުން ބުނެއެވެ. އަދި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްރަވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށެވެ. މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމުގައި ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް