ޅ. ހިންނަވަރު ހެލްތް ސެންޓަރުގައި ފަރުވާދެމުން ދިޔަ ހާލުބޮޑުވި ބަލިމީހެއް، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ހާލު ބޮޑުވެގެން މާލެ ގެންނަނީ ހިންނަވަރު ހެލްތް ސެންޓަރުގައި އޮތް 63 އަހަރުގެ އަންހެނެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިޔާގެ އެހީތެރިކަމާއެކު ކޯސްޓްގާޑް ސީ އެމްބިއުލާންސްގައި ބަލިމީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް މިހާރުވަނީ ދަތުރުފަށާފައެވެ.
https://twitter.com/MNDF_Official/status/1397570296329039875
އެމްއެންޑީއެފް އިން ބުނީ، މޫސުން ގޯސްވެ ކަނޑުގަދަވުމާއެކު، މާލެ އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 23:10 ހާއިރުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް