ކޮވިޑްގައި މިއަދު ތިން ވަނަ މީހެއް ނިޔާވެއްޖެ

ކޮވިޑްގައި މިއަދު ތިން ވަނަ މީހެއް ނިޔާވެއްޖެއެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި147 ވަނަ މީހާއެވެ. މިރޭ07:21 ގައި ނިޔާވެފައި ވަނީ އުމުރުން77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ބުނެއެވެ....

26 May 2021 | 15:24

ކޮވިޑްގައި މިއަދު ތިން ވަނަ މީހެއް ނިޔާވެއްޖެއެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި147 ވަނަ މީހާއެވެ.

މިރޭ07:21 ގައި ނިޔާވެފައި ވަނީ އުމުރުން77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ބަލިމީހެކެވެ.

https://twitter.com/HPA_MV/status/1397574198856323080

މީގެ އިތުރުން ދެ މީހަކު ކޮވިޑްގައި މިއަދު ނިޔާވެފައި ވެއެވެ. އޭގެ ތެރެއިން އެކެއް ނިޔާވެފައި ވަނީ މިއަދު މެންދުރު 02:35 ގައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ނިޔާވެފައި ވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ކޮވިޑްގެ ބަލިމީހެކެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކުވެސް މިއަދު ނިޔާވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 10:20 ގައި އެވެ.

ނިޔާވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައިއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 145 ވަނަ މީހާ އެވެ. އަދި އައްޑޫ ސިޓީގައި ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް