ހުޅުމާލޭ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އޮތް ކޯވިޑް ބަލި މީހަކަށް އެމީހާގެ "ކެއާ ޓޭކަރު" އަނިޔާ ކުރި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މިއަދު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ އެމީހާ ބަލަހައްޓަން ހުރި މީހާ އެމީހާގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހާތަނެވެ. އެއީ ބިދޭސީއެއްކަން ވާހަކަދައްކާގޮތުން އެނގޭއިރު އެމީހާ ޖެހިލެއް ބާރުކަމުން ބަލި މީހާ ވަރަށް ބާރަށް ރޯންފަށައެވެ.
މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގަ އެމީހާއަށް އަނިޔާކުރި އުމުރުން31 އަހަރުގެ ބަންގްލަދޭޝް މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައިއޮތް ބަލި މީހަކާމެދު ހިންގާފައިވާ އަނިޔާވެރި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިންދަނީ ތަގު ކުރަމުންކަން ފާހަގަ ކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މި ހާދިސާއާ ގުޅިގެން މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން އަންނަނީ ބަލިމީހާއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
https://twitter.com/MoGFSSmv/status/1397554765802795013
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް