އެޗްއެމްއެފްގައި ބަލި އެނދުގައި އޮތް މީހާއަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި

ބަލި އެނދުގައި އޮތް މީހަކަށް އަނިޔާކުރި ބިދޭސީމީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފަިއވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިހުރި ކެއ...

26 May 2021 | 13:56

ބަލި އެނދުގައި އޮތް މީހަކަށް އަނިޔާކުރި ބިދޭސީމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފަިއވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިހުރި ކެއާ ޓޭކަރ ޖަަހައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު16:30 ހާއިރު ކަމަށާއި، މައްސަލަ ހުށަހަޅާފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ފަރާތުންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އެމީހާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ “ކެއަރ ޓޭކަރ” އަނިޔާކުރި މީހާ މިހާރު އެތަނުން ބޭރުކުރެވި އާއިލާއަށް އެކަން އެންގި ބަލި މީހާއަށް އެޓެންޑްވަމުން އަންނަ ކަމުގައިވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް