ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޕޭޝަންޓަކަށް އަނިޔާ ކުރީކީ އެ ފެސިލިޓީގެ މުވައްޒަފެއް ނޫން ކަމުގައި އެ ފެސިލިޓީ ހިންގަމުން އަންނަ އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕޓަލުން މިހެން ބުނެފައިވަނީ ދައުރުވަމުން އަންނަ ވީޑިއޯއާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބަލި މީހާގެ ގައިގައި ޖަހަނީ އެޗްއެމްއެފްގެ މުވައްޒަފެއްހެން ދޭހަވާގޮތަށް ބައެއް ފަރާޓްތަކުން ވީޑިއޯ ފަތުރަމުންދިޔަ ނަމަވެސް އެއީ އެޗްއެމްއެފްގެ މުވައްޒަފެއް ނޫންކަމަށެވެ.
"ނަމަވެސްމިއީ އާއިލާގެ ފަރާތުން ބަލި މީހާ ބަލަހައްޓަން ފެސިލިޓީގައި އެހީތެރިއެއްގެ ގޮތުން ބަހައްޓާފައިހުރި ބިދޭސީއަކު ހިންގާފައިވާ އަމަލެކެވެ" އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ މިގޮތަށް މީހެއްގެ ގައިގައި ޖެހުމަކީ ޖިނާއީ ކުށެއް ކަމުގައިވާތީއާއި އެ ހޮސްޕިޓަލުން ބަލަހައްޓަމުން އަންނަ މެޑިކަލް ފެސިލިޓީއެއްގައި އެފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ކަމުގައި ނުވާތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް