ބަލި އެނދުގައި އޮތް ކޮވިޑު ޕޭޝަންޓަކަށް މީހަކު އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ !

ބަލިމީހަކަށް، މީހަކު އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ. މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އެމީހާގެ...

26 May 2021 | 12:46

ބަލިމީހަކަށް، މީހަކު އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އެމީހާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ "ކެއަރ ޓޭކަރ" އަނިޔާކުރި މީހާ މިހާރު އެތަނުން ބޭރުކުރެވި އާއިލާއަށް އެކަން އެންގި ބަލި މީހާއަށް އެޓެންޑްވަމުން އަންނަ ކަމުގައިވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.

https://twitter.com/MvSpokesperson/status/1397536829277032454

ފުލުހުން ބުނެފަިއވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިހުރި ކެއާ ޓޭކަރ ޖަަހައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް