ރިޔާސީ ކެމްޕެއިން ފެށި ވާހަކަ މުއިއްޒު ދޮގު ކުރައްވައިފި

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު، 2023 ގެ ރިޔާސީ ކެމްޕެއިން ފެއްޓެވި ވާހަކައަށް، އޭނާ ރައްދު ދެއްވައިފިއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޕީޕީއެމްގެ ބައެއް ވައިބާ ގްރޫޕުތަކުގައި ދަނީ...

26 May 2021 | 12:30

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު، 2023 ގެ ރިޔާސީ ކެމްޕެއިން ފެއްޓެވި ވާހަކައަށް، އޭނާ ރައްދު ދެއްވައިފިއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޕީޕީއެމްގެ ބައެއް ވައިބާ ގްރޫޕުތަކުގައި ދަނީ ޑރ. މުއިއްޒު އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ނެރުމަށް ގޮވާލާ ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ޕީޕީއެމްގެ ވައިބާ ގްރޫޕެއްގައި “ޑރ. މުއިއްޒު 2023” އަދި “މުއިއްޒު ފޯ ދަ ޕްރެޒިޑެންޓް” ފަދަ އެކި ޝިއާރުތައް ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާ ކަމަށްވެ އެވެ.

އަދި މުއިޒަށް ތާއީދުކޮށް އެ ގްރޫޕުތަކުގައި ބޭނުން ކުރަމުންދަނީ “ރައްޔިތުން އެދޭ އަމާޒަށް،” ތީމް ކަމަށްވެ އެވެ. އެ ތީމަކީ މާލޭގެ މޭޔަރުގެ ކެމްޕޭނަށް މުއިއްޒު ބޭނުންކުރެއްވި ތީމެވެ.

މިކަމާއި ގުޅޭގޮތުން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ކިތަންމެ ދޮގު ވާހަކައެއް ދެއްކި ނަމަވެސް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އޭނާ އާއި ހަވާލު ކުރި ޒިންމާ އަދާކުރުމުގައި އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މިމައްސަލައިގަ ޕީޕީއެމްގެ ތަރުޖަމާޏު ހީނާ ވަލީދު ވެސް ވިދާޅުވީ އެހެންނެވެ.

ހީނާ ވިދާޅުވެފައި ވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަކީ އަދި ރިޔާސީ ކެނޑިޑޭޓް އަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ބަޔަކު ފިތުނަ އުފެއްދިޔަސް މޭޔަރު މުއިއްޒު ކުރައްވާ މަސައްކަތް ފަހަތަށް ނުޖެއްސޭނެކަމަށް ހީނާ ވިދާޅުވިއެވެ.

އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ރިިޓުވީޓްކުރައްވާ ހީނާ މިހެން ވިދާޅުވެފައި ވާއިރު، މީސްމީޑިއާގެ އެކި މަންސްތަކުގައި މުއިއްޒު އިންތިޚާބަށް ކެމްޕެއިން ކުރައްވާކަމުގައި އެ ލިޔުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް