އާރްޑީސީއަށް ކޯޕަރޭޓް ޓީޝާޓް ގަންނަން ތިންވަނަ ފަހަރަށް އިއުލާނު ކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އަށް ކޯޕަރޭޓް ޓީޝާޓް ގަންނަން ތިންވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ. އާރްޑީސީގެ އިއުލާނުގައި ވާގޮތުން އަލުން އިއުލާނު ކޮށްފައި ވަނީ، އެ ކޯޕަރޭޝަންގެ ބ...

26 May 2021 | 12:21

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އަށް ކޯޕަރޭޓް ޓީޝާޓް ގަންނަން ތިންވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ.

އާރްޑީސީގެ އިއުލާނުގައި ވާގޮތުން އަލުން އިއުލާނު ކޮށްފައި ވަނީ، އެ ކޯޕަރޭޝަންގެ ބޭނުމަށް ކޯޕޮރޭޓް ޓީޝާޓް ގަތުމަށް ކުރެވުނު އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ.

އެހެންކަމުން އެއިއުލާން ބާތިލްކޮށް، އާރްޑީސީއިން ވަނީ އަލުން އިއުލާން ކޮށްފައެވެ. ބޭނުންވާ ތަކެތީގެ އިތުރު ތަފްސީލް އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެކަމަށް އާރްޑީސީއިން ބުނެއެވެ.

އިވެލުއޭޓްކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) ގެ ތެރޭގައި، ހުށަހަޅާ އަގަށް: %70، ތަޖުރިބާ: %10 އަދި ޑެލިވެރީ އަށް %20 ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.

އާރްޑީސީއިން މައުލޫމާތު ދޭ ގޮތުގައި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ބިޑް ސަބްމިޝަން ފޯމާއި ވެންޑަރ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅަން ޖެހޭނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅާ ފިޔަވަޅަކާއި ނުވަތަ އިތުރު އެއްވެސް ކަމަކާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާ ތާރީހަށް އެއްވެސް ބަދަލެއް ގެނެވޭކަމުގައިވާނަމަ، ގެނެވޭ ބަދަލުތައް ހިއްސާކުރެވޭނީ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ކަމަށް އާރްޑީސީއިން މައުލޫމާތު ދެއެވެ.

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން،2021 ޖޫން3 ވާ ބުރާސްފަތި ދުވަހުގެ12:00އާ ހަމައަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެކަމަށް އާރްޑީސީއިން ބުނެއެވެ.

އީމެއިލް: [email protected]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް