ކޮވިޑްގައި މީހަކު ނިޔާވެ، ޖުމްލަ އަދަދު 146 އަށް

ކޮވިޑްގައި މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 146 އަށް އަރައިފިއެވެ. މިއަދު މެންދުރު02:35 ގައި ނިޔާވެފައި ވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ހުޅުމާލެ މެޑިކަލް ފ...

26 May 2021 | 11:32

ކޮވިޑްގައި މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 146 އަށް އަރައިފިއެވެ.

މިއަދު މެންދުރު02:35 ގައި ނިޔާވެފައި ވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ކޮވިޑްގެ ބަލިމީހެކެވެ.

މިއީ ކޮވިޑްގައި މިއަދު ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ.

https://twitter.com/HPA_MV/status/1397515548674560001

އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކުވެސް މިއަދު ނިޔާވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 10:20 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައިއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 145 ވަނަ މީހާ އެވެ. އަދި އައްޑޫ ސިޓީގައި ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް