މާލެ ސިޓީން މަަހަށްފުރާ ފަރާތްތަކަށް ޕޯޓަލެއް

މާލެ ސިޓީން މަހަށްފުރާ ފަރާތްތަކުން ހުއްދައަށް އެދޭނެ ޕޯޓަލެއް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައިފިއެވެ. މި ޕޯޓަލްގެ އެޑްރެހަކީ https://permit.malecity.gov.mv/apply އެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފ...

26 May 2021 | 11:00

މާލެ ސިޓީން މަހަށްފުރާ ފަރާތްތަކުން ހުއްދައަށް އެދޭނެ ޕޯޓަލެއް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައިފިއެވެ.

މި ޕޯޓަލްގެ އެޑްރެހަކީ https://permit.malecity.gov.mv/apply އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން 26 މެއި 2021 އިން ފެށިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (HPA )އިން ނެރުއްވާފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމަށް މި ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ވަރަށް ގޯސްވެފައިވާއިރު ހާލަތު ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް މިހާރު މިވަނީ އަޅާފައެވެ. މާލެ ސަރަަހައްދުގައި 16 ގަޑިއިރުގެ ކާފިއުއެއް ހިންގާއިރު ކާފިއު ނޫން ވަގުތުތަކުގައިވެސް ނިކުމެވެނީ ހުއްދަ ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް