މިނިސްޓަރު ޝާހިދަށް "މަގުމަތިން ދިމާކުރާނެ" ކަމުގެ އިންޒާރު ދީފި

އިންޑިއާއިން އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމުކުރުމަށް އެގައުމުގެ ކެބިނެޓުން ފާސްކުރުމުން، ނުރުހުން ފާޅުކުރި ބައެއް މީހުން ފޮރިން މިނިސްޓަރު ޝާހިދަށް މީސް މީޑިއާގައި އިންޒާރު ދީފިއެވެ. ފޮރިން މިނި...

26 May 2021 | 10:57

އިންޑިއާއިން އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމުކުރުމަށް އެގައުމުގެ ކެބިނެޓުން ފާސްކުރުމުން، ނުރުހުން ފާޅުކުރި ބައެއް މީހުން ފޮރިން މިނިސްޓަރު ޝާހިދަށް މީސް މީޑިއާގައި އިންޒާރު ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމަށް އިންޑިއާގެ ކެބިނެޓުން ފާސްކުރުމަކީ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އަދި ކޮންސިއުލޭޓް ގާއިމުކުރާ ހޮސްޓް ގައުމުގެ ހުއްދައަށް އެދެނީ ފުރަތަމަ ހުޅުވާ ގައުމުގެ ސަރުކާރުން އެކަމެއް ނިންމުމަށްފަހުއެވެ.

ނަމަވެސް މިކަމުގެ މައުލޫމާތު އޮޅުވާލައި، ބައެއް މީހުން ދަނީ ފޮރިން މިނިސްޓަރު ޝާހިދާއި ސަރުކާރުގެ އިސްވެރިންނަށް މީސް މީޑިއާގައި އިންޒާރު ދެމުންނެވެ.

މިގޮތުން "މަގުމަތިން ދިމާކުރާނެ" ކަމުގެ އިންޒާރު ވެސް މިނިސްޓަރު ޝާހިދަށް ދީފައިވެއެވެ.

މީގެ ކުރިންވެސް ސަރުކާރުގެ އެކި ބޭފުޅުންނަށް މިފަދަ އިންޒާރުތައް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް