ފެންބޮޑުވާ މައްސަލައިގާ ފުވައްމުލައް ސިޓީ ކައުންސިލުން އެދެނީ ކާނުތައް ބަންދުވާގޮތަށް ޖަހާފައި ހުންނަ ތަކެތި ނެގުމަށް

ކާނުތަކަށް ފެންދައުރުވުން ބަންދުވާ ގޮތަށް ޖަހާފައި ހުރި އެއްޗެހި ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އަންގައިފި އެވެ. އެ ކައުސިލުން ކުރި އުލާނެއްގައި ބުނީ، ވިއްސާރަ މޫސުމުގައި ފުވައްމުލަކުގައި ފެނ...

26 May 2021 | 10:27

ކާނުތަކަށް ފެންދައުރުވުން ބަންދުވާ ގޮތަށް ޖަހާފައި ހުރި އެއްޗެހި ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެ ކައުސިލުން ކުރި އުލާނެއްގައި ބުނީ، ވިއްސާރަ މޫސުމުގައި ފުވައްމުލަކުގައި ފެންބޮޑުވާ މައްސަލައާއި ގުޅިގެން ބެލިބެލުމުން، ކާނުތަކަށް ފެންދައުރުވާގޮތަށް ހުރި ބައެއް އަލައޮޅުތަކުގައި ޓިނު ފަދަ ތަކެތި ޖެހުމުގެ ސަބަބުން ކާނުތަކަށް ފެންދައުރުވުން ބަންދު ވެފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ކާނު ތަކަށް ފެން ދައުރުވުން ބަންދުވާ ގޮތަށް އަލައޮޅުތަކުގައި ޖަހާފައި ހުރި ތަކެތި ނެގުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކާނުތަކުން ފެންދައުރުވުން ބަންދުވާގޮތަށް އެއްވެސް އެއްޗެއް ނުޖެހުމަށް ވެސް އެދިފައި ވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

ތޫފާން ޓައުޓޭއާއެކު ރާއްޖެއަށް ކުރި ވިއްސާރައިގާ ފުވައްމުލަކުގައި ފެންބޮޑުގެ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް