ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ މައްޗަށް ތުހުމަތުކުރި ދެ ވަނަ ސުލޫކީ މައްސަލަ ވެސް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެންމެ ފުރަތަމަ ގާޒީ އާރިފް އާއި ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ފެށީ 2019 ވަނަ އަހަރު އެވެ. އެ މައްސަލައިގަ ގޮތެއް ނިންމޭވަރުވީ މިދިޔަ އަހަރު ފަހުކޮޅު އެވެ. މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން ނިންމާފައިވަނީ އެ މައްސަލަ ގާޒީ އާރިފް މައްޗަށް ސާބިތު ނުވާ ކަމަށެވެ.
ދެވަނަ ސުލިކީ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހު އެވެ. އެ މައްސަލަވެސް ސާބިތު ނުވާކަމަށް ނިންމީ މިދިޔަ ހަފްތާގައި އެވެ.
އެކަމަކު އެ ދެ މައްސަލައިގެ ތަފްސީލް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ގާޒީ އާރިފް ޑްރަގް ކޯޓަށް ބަދަލުކުރީ ޖޭއެސްސީންނެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ހުންނަވައިގެން މަޝްހޫރު ބޭފުޅުންގެ މައްސަލަތަކެއް ބައްލަވައިފަ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްސަލަ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ވެސް އޭނާ ބެއްލެވި އެވެ. އެކަމަކު ފަހުން އެ މައްސަލަތައް ބަލައިި، ނިންމީ އެހެން ފަނޑިޔާރުންތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް