މާލެއިން އުތުރަށް ޔެލޯ އެލާޓު ނެރެފައި، ބޯކޮށް ވާރޭވެހި 55 މޭލަށް ވައިގަދާނެ

މާލެއިން އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ...

26 May 2021 | 09:03

މާލެއިން އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށެވެ. އެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައިވަނީ މެންދުރު 2:00 ން ހަވީރު 6:00 އަށެވެ.

އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެ އެވެ.

އެ ސަރަހައްދުގެ ރަށްތަކަށް އުދަ އަރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އުތުރުގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ގަދަވާނެ އެވެ.

ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވެ ހާދިސާތައް ކުރިމަތިވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންގުމުގެ ގޮތުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އަދި ރާއްޖެ އާއި ދުރަށް ދަތުރު ކުރަމުންދާ ތޫފާން "ޔާސް" ގެ ނުސީދާ އަސަރުވެސް ކޮންމެސް ވަރަކަށް ކުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް