ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ހޯދަމުންދާ ކޯވިޑް ބަަލި މީހުންގެ ހާލު ބެލުމަށް ގުޅަން ޖެހޭނީ ބަލި މީހާގެ ބަލަދުވެރިޔާގެ ގޮތުގައި އެތަނަށް ދީފައިވާ ނަމްބަރުން އެކަނި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ވަނީ ފުރިފަ އެވެ. އަދި އަދި ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އަޅާލުން ނުލިބޭކަމުގެ ޝަކުވާ އާއި ބައެއް ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ގިނަބައެއްގެ ޝަކުވާ އިތުރުވެފައިވާއިރު ބަލިމީހާ އެކަނި އޮންނަން ޖެހުމުން އެމީހުންގެ ހާލު އެނގޭނެ ގޮތެއް ނެތް ކަމަށްބުނެ ކުރާ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ޕޮސިޓިވްވެގެން އެޑްމިޓް ކުރެވޭ ބަލި މީހުންގެ ހާލު ބެލުމަށް ގުޅަން ވާނީ އެޑްމިޓް ކުރިއިރު އެތަނަށް ބަލަދުވެރިޔާގެ ފޯން ނަމްބަރުގެ ގޮތުގައި ދީފައިވާ ނަމްބަރުން ކަމަށެވެ. އެހެން ނަމްބަރަކުން ގުޅައިގެން ބަލި މީހާ އާއި ގުޅޭ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
މިގޮތަށް އަމަލު ކުރަން ނިންމީ ސިއްހީ ފަރުވާ އާއި ގުޅުން ހުރި ސިއްރު ހިފެހެއްޓުމުގެ ގާނޫނީ އުސޫލުގެ ދަށުން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
https://twitter.com/igmhmv/status/1397463401987657729
ހުޅުމާލޭ މެޑިކަލް ފެސިލިޓިޓީގައި މިވަގުތު ހުރީ 270 އެނދެވެ އެ ހުރިހާ އެނދެއް ފުރިފައިވާއިރު އެތަނުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަދި ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން ކުރިމަތިވަމުން ދާއިރު އެކަނި ތިބޭ ބަލި މީހުންގެ ހާލު އާއިލާތަކަށް ނޭނގޭތީ ހިތްހަމަ ނުޖެހުން ދަނީ ފާޅު ކުރަމުންނެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ބަލި މީހުންނަށް އެހީވުމަށް ވޮލެންޓިއަރުންގެ ގޮތުގައި ނަރުސްކަން ކިޔަވާ ކުދިންނާއި ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަދި ބަލި މީހުންގެ ހާލު އޮޅުން ފިލުވުމަށް ގުޅަން ޖެހޭ ނަމްބަރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން އޮޕަރޭޓް ކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް