އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމުގެ މަސައްކަތް ފަށައިފި

ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިކުރުމުގެ މަސައްކަތް، އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމްއިއްޔާ އާސިއާންގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީ އިން ފަ...

26 May 2021 | 08:22

ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިކުރުމުގެ މަސައްކަތް، އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމްއިއްޔާ އާސިއާންގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީ އިން ފަށައިފިއެވެ.

އާސިއާން ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިކުރުމާމެދު އާސިއާންގެ ގައުމުތަކުން ދެން އެންމެ އަވަހަށް އޮންނަ ސަރަހައްދީ ބައްދަލުވުމުގައި ގޮތެއް ނިންމާނެއެވެ.

އެމިޓީ ޓްރީޓީއަކީ އާސިއާންގެ މެމްބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މިމުޢާހަދާ އެކުލަވާލާފައިވަނީ އާސިއާން ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ ގުޅުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް ފެނޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ހުއްދައަށް އެދިވަޑައިގެންނެވީ މިދިޔަ މާޗް މަހު އެވެ.

އެ ހުއްދަ މަޖިލީހުން ދީފައިވަނީ  28 އެޕްރީލްގައި އޮތް މަޖިލީހުގައި ޖަލްސާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް