އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒު

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް އަލްފާޟިލް ޙުސައިން ނިޔާޒު އައްޔަންކޮށްފިއެވެ. ދިވެހި މުވައްޒަފުން ބިނާކޮށް، ލީޑަރޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުޞަތުތައް ފަހިކ...

26 May 2021 | 08:00

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް އަލްފާޟިލް ޙުސައިން ނިޔާޒު އައްޔަންކޮށްފިއެވެ.

ދިވެހި މުވައްޒަފުން ބިނާކޮށް، ލީޑަރޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުޞަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭއިރު، ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ހުސައިން ނިޔާޒު އައްޔަންކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަނޑައްތުކޮށްފައިވާ ވަރަށް މުހިއްމު މޭލުގާތެކެވެ.

ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ 2005 ވަނަ އަހަރު ގުޅި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިންވަނީ 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އޭނާ އުރީދޫ މޯލްޑިވްސްއާ ގުޅިފައިވަނީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ  އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރ ނެޓްވަރކް ޕްލޭނިންގ އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވަރކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ. މީގެ އިތުރުން، އޭނާ ވަނީ  ސިންގަޕޫރުގެ ސެންޓަރ ފޮރ ކްރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން ކުންފުނީގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް