މުދާ އުފުލާ ދޯންޏެއް ހުދުރަންފުށި ރިސޯޓުގެ ނެރަށް އުރިއްޖެ

ދިރުން ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ހުދުރަންފުށި ރިސޯޓުގެ ނެރަށް އުރިއްޖެއެވެ. ކ. އަތޮޅުގައި އޮންނަ ހުދުރަންފުށި ރިސޯޓުގެ ނެރަށް އުރުނު މި ދޯނީގައި 8 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މި ހ...

26 May 2021 | 07:35

ދިރުން ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ހުދުރަންފުށި ރިސޯޓުގެ ނެރަށް އުރިއްޖެއެވެ.

ކ. އަތޮޅުގައި އޮންނަ ހުދުރަންފުށި ރިސޯޓުގެ ނެރަށް އުރުނު މި ދޯނީގައި 8 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެފައެއް ނުވެއެވެ.

މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަތީގައި ހަރަކާތްތެރިވާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

މި ދޯނީގައި ދިވެހިންގެ އިތުރުން ބިދޭސީންތަކެއް ވެސް ތިއްބެވެ.

އެމްއެންޑީއެފް އިން ބުނާ ގޮތުގައި މި ދޯނި މިހާރު ވަނީ ފުންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް