ހުޅުމާލޭ ފެސިލިޓީގައި ހުރި ދަތިތައް ހައްލުކުރުމަށް މައްސަލައެއް

ކޯވިޑް-19ގެ ބަލިމަޑުކަމުގައި ހުޅުމާލޭ ފެސިލީގައި ހުރި ދަތިތައް ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެޅި މި މ...

26 May 2021 | 07:27

ކޯވިޑް-19ގެ ބަލިމަޑުކަމުގައި ހުޅުމާލޭ ފެސިލީގައި ހުރި ދަތިތައް ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެޅި މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާލަތުގައި ހުޅުމާލޭ ފެސިލިޓީގައި އެކަށީގެންވާ ވަސީލަތް ހުންނަންޖެހޭކަމަށެވެ. ފެސިލިޓީގައި ތަކެތީގެ ދަތިކަމާއި، އިންސާނީ ވަސީލަތުގެ ދަތިކަންވެސް އިންތިހާއަށް ހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ އަވަސް ގޮތްތަކެއް ފަހިކޮށްދެއްވަން ޖެހޭކަމަށެވެ. އަތޮޅު ތެރޭގައި ކޯވިޑް ފެތުރުމަށް މިއަދު ދިމާވާ އެންމެބޮޑު ސަބަބަކީ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުން ލަސްވުންކަމަށެވެ. މިހާލަތުގައި ކޯވިޑްގެ ނަތީޖާ އަވަސްކުރުމަކީ މުހިންމު ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްމަބަރުންވަނީ ކޯވިޑްގެ މިހާލަތާއި ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށްބުނެ ސަރުކާރަށް ފާޑުކިޔާފައެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރުން ވިދާޅުވީ މިހާލަތުގައި ސަރުކާރާއި ގުޅިގެން ހުރިހާ ފަރަތްތަކުންވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

މިހާތަނަށް ސަރުކާރުން ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ޒިންމާދާރު ފިޔަވަޅުތަކެއް ކަމަށާއި، ނަމަވެސް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ އިންސަނީ ވަސީލަތް މަދުވުމުންކަމަށެވެ. އެކަމަކު މިމައްސަލާގައި ވަހަކަ ދެއްކި ހުރިހާ މެމްބަރުންވެސް ވަނީ ކޯވިޑްގައި ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވައި ބަލި މަޑުކަމުން އަރައި ގަތުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް