އެސްޓްރަޒެނަކާ ވެކްސިން ޖޫންގެ ކުރީ ކޮޅު ނުލިބޭނެ!

ޖޫން މަހުގެ ކުރީކޮޅު ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެ އަށް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ރޭ ރައީސް އޮފީހުން ބޭއ...

26 May 2021 | 07:19

ޖޫން މަހުގެ ކުރީކޮޅު ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެ އަށް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ، އެސްޓްރަޒެނަކާގެ 700،000 ޑޯޒްގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ލިބޭނެ ކަމަށް މިހާރު ނުބެލެވޭ ކަމަށެވެ. އެހެންނަމަވެސް ޖޫން މަހުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ.

އެސްޓްރާޒެނެކާގެ 700،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާއިރު، އެ ވެކްސިން ލިބޭނެ ކަމަށް އެންމެފަހުން ދީފައިވާ ތާރީޚަކީ ޖޫން މަހުގެ ފުރަތަމަ ހަފްތާއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، ދިމާވެގެން އުޅެނީ ޝިޕްކުރުމުގެ މައްސަލަތަކެއް ކަމަށެވެ. ރަޝިއާގެ ސްޕަޓްނިކް ވެކްސިން ހޯދުމަށް އެގްރީމެންޓްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެގްރިމެންޓް މިހާރު އޭޖީ އޮފީހުން ދިރާސާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގްރިމެންޓްގައި ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ވަނީ ނިންމާފައެވެ. ރަޝިއާގެ މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް