ލޯނުތައް މާފުކޮށްދިނުމުން ގިނަ ބައެއްގެ ތައުރީފު ޤާސިމްއަށް!

ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ދިން ހުރިހާ ލޯނުތަކެއް މާފުކޮށްދެއްވުމާއެކު ގިނަ ބައެއްގެ ތަޢުރީފުގެ ބަސްތައް އެމަނިކުފާނަށް އަމާ...

26 May 2021 | 06:35

ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ދިން ހުރިހާ ލޯނުތަކެއް މާފުކޮށްދެއްވުމާއެކު ގިނަ ބައެއްގެ ތަޢުރީފުގެ ބަސްތައް އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ އަދި އެތައް ބަޔަކަށް ދީލަތި އެހީތަކެއް ފެށުނީއްސުރެ ދެއްވާ ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވިލާ ފައުންޑޭޝަންގެ ސްކޮލަޝިޕް ސްކީމުގެ ދަށުންނާއި އޭނާގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން، މެޑިކަލް ދާއިރާ އިން ސްކޮލަޝިޕް ލިބި މަތީ ތައުލީމުގެ ސްކޮލަޝިޕް ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުންގެ ލޯނު މާފުކޮށްދެއްވާފައިވާ ކަމަށެވެ.

https://twitter.com/monasibnaseem/status/1397229047864860691

މިކަމާއި ގުޅިގެން މީސްމީޑިޔާގައި ގިނަ ބަޔަކު ޤާސިމްއަށް ތަޢުރީފުކުރަމުން އަންނައިރު، ފާފުކޮށްދިން ލޯނުގެ ތެރޭގައި މެޑިކަލް ދާއިރާތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފާމަސިސިސްޓުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން އަދި މެޑިކަލް ސައިންސްގެ ދާއިރާ އިން ކިޔެވި ދަރިވަރުންގެ ލޯނުތައް ވެސް ހިމެނެ އެވެ. އެއީ ކިޔަވައި ނިންމުމަށް ފަހު ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ދަރިވަރުން ވެސް ހިމެނޭ ގޮތަށް ކަމަށް އެ ބަޔާނުގައި ގާސިމް ވިދާޅުވި އެވެ.

"އެއީ ކިތައްމެ ބޮޑު އަދަދެއްގެ ފައިސާ ކަމަށް ވިޔަސް އަދި ކުޑަ އަދަދެއް ކަމަށް ވިޔަސްމެ އެވެ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާ މި ދަނޑިވަޅުގައި ވެސް ލޯނުތައް މާފުކޮށްދެއްވަން ނިންމެވީ، ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުން ވަރަށް ބުރަކޮށް ގިނަ ވަގުތު ކުރާ މަސައްކަތް ބަލައިގަތުމަށް ކަމަށެވެ.

ސިއްހީ ދާއިރާ އަދި ސަރުކާރުން ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ ގެންދާ މަސައްކަތައް ގާސިމް ޝުކުރު އަދާކުރެއްވި އެވެ.

ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ގާސިމްއަކީ ވަރަށް ދީލަތި މީހުންނަށް އޯގާތެރި ބޭފުޅެކެވެ، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވެސް މީގެ ކުރިން އެކިއެކި ޕޯޑިއަމްތަކުގައި މިކަން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް