އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 10:20 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައިއެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 145 ވަނަ މީހާ އެވެ. އަދި އައްޑޫ ސިޓީގައި ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް