އިންޑިއާގެ ކޮންސިލޭޓެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އާއި އައްޑޫ އާއި ދެމެދު ވިޔަފާރީގެ ގާތް ގުޅުމެއް އުފެދި ވިޔަފާރީގެ ކުރިއެރުން ލިބޭނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ކޮންސިލޭޓެއް ހުޅުވިއްޖެ ނަމަ އިންޑިއާ އާއި އައްޑޫ އާއި ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާގެ އިންވެސްޓުމެންޓުތަކުގެ ޝައުގުވެރިކަން އައްޑޫއަށް ލިބިގެންދާނެކަމަށެވެ.
އަދި މީގެ ސަބަބުން ވިސާގެ ފަސޭހަތަކެއްވެސް އައްޑޫ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.
https://twitter.com/aslamdp/status/1397285774148603913
އައްޑޫގައި އިންޑިއާގެ ކޮންސިލޭޓެއް ހުޅުވުމާއި ގުޅޭގޮތުން އިންޑިއާގެ ޔުނިއަން ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ ޔުނިއަން ކެބިނެޓުން ފާސްކުރި ނަމަވެސް އަދި އެއީ ވިސްނުމެއްގައި އޮތް ކަމެއް ކަމަށާއި، ގޮތެއް ނިންމޭނީ ދިވެހި ސަރުކާރުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަށް އެގައުމުން ނިންމުމާއި ގުޅިގެން ގިނަ ބަަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ މާލޭގައި އިންޑިއާގެ އެމްބަސީ ހުރެ އައްޑޫގައި އިތުރު ކޮންސިއުލޭޓެއް ހުޅުވަންވީ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް