ހައުސްހޯލްޑް ޕާމިޓަށް އެދޭއިރު ފެން މީޓަރު ނަމްބަރު ޖަހާނަމަ ހުއްދައެއް ނުދޭނަން: ފުލުހުން

ބައެއް ފަރާތްތަކުން ފެންމީޓަރު ނަންބަރު ޖެހުމަށްފަހު ހައުސްހޯލްޑް ޕާމިޓަށް އެދެމުން ދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ހައުސް ހޯލްޑް ޕާމިޓް ދޫކުރާނީ ކަރަންޓު މީޓަރަށް ކަމަށެ...

26 May 2021 | 05:52

ބައެއް ފަރާތްތަކުން ފެންމީޓަރު ނަންބަރު ޖެހުމަށްފަހު ހައުސްހޯލްޑް ޕާމިޓަށް އެދެމުން ދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައުސް ހޯލްޑް ޕާމިޓް ދޫކުރާނީ ކަރަންޓު މީޓަރަށް ކަމަށެވެ. އެހެން ކަމުން ފެން މީޓަރު ނަމްބަރު ޖެހުމަށް ފަހު ހުއްދަ އަށް އެދޭ ފަރާތްތަކަށް އެ ހުއްދަ ނުދެވޭނެ ކަމަށް ބުންޏެވެ.

އަންގާރަ ދުވަހުގެ ރޭ ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓްކުރެވޭނެ ކަމަށާއި ހައުސްހޯލްޑް ޕާރމިޓަށް މިހާރު އެދިލައްވާފައިވާ ހުރިހާ ފަރާތްތަކުގެ ފާސްތައް ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި އެ ޕާރމިޓަށް އެދޭއިރު ކަރަންޓް މީޓަރު ނަންބަރު ޖެހުމަށް ވެސް ވަނީ އެދިފައެވެ.

ފުލުހުން އިތުރަށް ބުނީ 2021 މެއި 26 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ ގައިޑްލައިންގެ ދަށުން ހެނދުނު 08:00ން ހަވީރު 04:00 އާ ދެމެދު ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުންނަ އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ހައުސްހޯލްޑް ޕާރމިޓްއަށް އެދޭނީhttp://police.gov.mv/permitމި ލިންކް މެދުވެރިކޮށް ކަމަށެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ބުދަ ދުވަހުގެ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ. އަދި އެ ނޫން ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި މިގޮތަށް ބޭރަށް ނިކުތުމަށް ވެސް ކޮންމެ ގެއަކަށް ދެ ހުއްދަ ފުލުހުން ދޫކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް