ނަރުހުން މަދު، ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވެދާނެ: ނަޒްލާ

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދިނުމުގައި ކެޕޭސިޓީ ހުރިކަމުގައިވިޔަސް، ޑޮކްޓަރުންނާއި، ނަރުހުން ނެތް ކަމަށާއި، އެެހެންކަމުން ރާއްޖޭގައި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ...

26 May 2021 | 05:24

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދިނުމުގައި ކެޕޭސިޓީ ހުރިކަމުގައިވިޔަސް، ޑޮކްޓަރުންނާއި، ނަރުހުން ނެތް ކަމަށާއި، އެެހެންކަމުން ރާއްޖޭގައި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމަށް ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ފެނިގެން މި ދަނީ ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި ދުވަހަކުވެސް ނުފެންނަހާ މަތީ އަދަދުތަކުން މީހުން ކޯވިޑް-19އަށް ފަައްސިވާ މަންޒަރު ކަމަށެވެ. އަދި ހާއްސަކޮށް އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ހުޅުމާލެ ފެެސިލިޓީގައި ތިބި ބަލި މީހުންނާއި އަޅާބަލާއިރު، ނަރުހުން މަދު ކަމަށެވެ. އެހެންކަމުން ދަތިތަކާއި ކުރިމަތިވަމުންދާ ކަަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ފާހަގަކުރެއްވިގޮތުގައި، ހުޅުމާލެ ފެސިލިޓީގައި ހުރީ ޖުމްލަ އައިސީޔޫ 11 އެނދެވެ. އޭގެ ތެރެއިން މިވަގުތު ހަ އެނދެއް ބޭނުން ކުރަމުންދާއިރު، ފަސް އެނދު ހުހަށް ހުރިކަން ފާހަގަކުރެއްވިއެވެ.

"ބެޑް ހުއްޓަސް އަޅުގަނޑުމެންނަށް އެންމެ ދަތިކަމަކަށް ދިމާވަނީ ނަރުހުން މަދުކަމުން، އެއާއެކު ޑޮކްޓަރުންވެސް މަދުކަމުން، މިގޮތަށް ދަނީނަމަ އަޅުގަނޑުމެންގެ ޑެތްރޭޓް މިއަށްވުރެ މަތިވުމުގެ ފުރުސަތު ހައިވާނެ، ތި ވިދާޅުވިހެން އަޅާނުލެވި ހިނގައިދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެ އިން ކޯވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެފައި ވީނަމަވެސް ކޯވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިންސައްތައަށް ބަލާއިރު އަދި ގިނައެއް ނުވެއެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް