އާސަންދަ ހިދުމަތް ލިބޭ މާލޭގެ އަށް ބޭސް ފިހާރަ އަކުން ބޭސް ޑެލިވަރީ ކޮށްދޭނެ

މާލޭ އާއި ހުޅުމާލޭގެ އަށް ބޭސް ފިހާރައަކުން ގޭގެއަށް ބޭސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލ...

26 May 2021 | 03:23

މާލޭ އާއި ހުޅުމާލޭގެ އަށް ބޭސް ފިހާރައަކުން ގޭގެއަށް ބޭސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ގަޑި އިތުރުކޮށް ބޭރަށް ނުކުތުމަށް ފާސް ބޭނުން ކުރަން ޖެހޭތީ ގެއަށް ބޭސް ޑެލިވަރީ ކުރުމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އަބަދުވެސް ބޭސް ކޮންމެސް އެއް ފިހާރައަކުން ގަތުމަށް އިހްތިޔާރު ކުރުމަށް އެދިފައިވެ އެވެ.

އާސަންދަ ހިދުމަތް ލިބޭ މާލޭގައި ޑެލިވަރީގެ ހިދުމަތްދޭ ބޭސް ފިހާރަތައް:

އައި އެމް ސީ ކެމިސްޓް

ވައިލަޓް ކެއާ ފާމަސީ

ފާމަސީ ޕްލަސް

މެޑްނޯވާ ފާމަސީ

އާސަންދަ ހިދުމަތް ލިއާސަންދަ ހިދުމަތް ލިބޭ ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތްދޭ ބޭސް ފިހާރަތައް:

ޔުނިކް ފާމަސީ

ސިޓީ ފާމަސީ

ސިޓި ފާމަސީ 2

ކެއާ ޕްލަސް ފަމަސީ

އާސަންދަ ކުންފުނިން ބުނީ މި ފާމަސީތަކުގެ އިތުރުން އައްޑޫ ސިޓީގެ އާސަންދައިގެ ހިދުމަތް ލިބޭ ހަތް ފާމަސީއަކުންވެސް ގެއަށް ބޭސް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިތަދޫގެ ތިން ފާމަސީ، މީދޫ ދެ ފާމަސީ، އަދި މަރަދޫ/ ފޭދޫގެ ފާމަސީ އަކާއި ފޭދޫ ފާމަސީއެއް ހިމެނެ އެވެ.

މި ހާލަތުގައި ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން އާސަންދައިން ބުނީ ކޯވިޑް ފެސިލިޓީތަކުން ބަލި މީހުންނަށް ދޫކުރާ ބޭސް ސިޓިއަށް ބޭ ލިބޭނީ އެސްޓީއޯ ބޭސް ފިހާރައިން ކަމަށެވެ. އާސަންދަ ޕޯޓަލް މެދުވެރިކޮށް ދޫކުރާ އިލެކްޓްރޯނިކް ބޭސް ސިޓީތަކުގެ އަސްލާއި ފޮޓޯ ގެންދިއުމުން އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރަތަކުން ބޭސް ލިބޭނެ ކަމަށް ބުނެ އެވެ.

އެކަމަކު އައިޖީއެމްއެޗުން އަލަށް ދޫކުރާ ބޭސް ސިޓީ ތަކުގެ ތެރެއިން އާސަންދަ ޕޯޓަލް މެދުވެރިކޮށް ދޫކުރާ އިލެކްޓްރޯނިކް ބޭސް ސިޓީތަކުގައި އީޕްރިސްކްރިޕްޝަން ކޯޑު ޖަހާފައިވާ ސިޓީތައް ފިޔަވާ އެހެން ބޭސް ސިޓީތަކަށް އާސަންދައިގެ ދަށުން ބޭސް ލިބޭނީ ބޭސް ސިޓީގެ އަސްލު ހުށަހެޅުމުން ކަމަށް އާސަންދައިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް