ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް ލުޔެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ވިޔަފާރިތަކަށް ލޯން ސްކީމެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޯވިޑް-19ގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ސޮފްޓް ލޯން ވަރަށް އަވަހަށް ދެވިގެން ދާނެ ކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓިމިއުލަސް ލޯން ޕެކޭޖެއް ދިނުމަށް ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 20 މިލިއަން ޔޫރޯ ނުވަތަ 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އެހެންކަމުން ޖޫން މަހުގެ ތެރޭގައި ލޯނު ދޫކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ކެރި ފޯރުން ތެރިކަން ހުރި މިންވަރަކުން ކޮވިޑުން ސަލާމަތް ވުމަށްޓަކައި ކުރިއަށް އޮތްތަނުގައި އިތުރު އެހީތައް ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު އެންމެ އިސްކަމެއް ދެއްވާނީ ކޮވިޑުން ރައްކާތެރި ވުމަށް ކުރަންޖެހޭ ކަންތައްތައްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް