އެމެރިކާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދަލު ކުރަން ނިންމައިފި އެވެ.
އަލަށް މި މަގާމަށް ހަމަޖައްސަން ނިންމާފައިވަނީ ނޭޕާލުގައި މިވަގުތު ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ. އޭނާ ސަފީރު ކަމަށް އައްޔަން ކުރަން ރުހުން ހޯދުމަށް މިހާރު ވަނީ އެމެރިކާ ޕާލަމެންޓްގެ މަތިގެ ސެނެޓަށް ހުށަހަޅުއްވާފަ އެވެ.
އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރަކަށް މިހާރު ހުންނެވީ އަތުލް ކެޝަޕް އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އޮގަސްޓް 2015 ގައި ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ.
ބެލެވޭ ގޮތުގައި އަތުލް ކެޝަޕް ގެ ބަދަލުގައި އެހެން މީހަކު އެ މަގާމަށް އައްޔަން ކުރަނީ އޭނާގެ ސަފީރު ކަމުގެ މުއްދަތު ހަމަވާތީ އެވެ. އާންމުކޮށް އެމެރިކާ ސަފީރުންގެ ދައުރުގެ ދިގުމިނަކީ ތިން އަހަރެވެ.
އަލަށް އައްޔަން ކުރަން ހަމަޖެހިފައިވާ އަލައިނާ އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. މިހާތަނަށް އަފްގާނިސްތާނާއި ޕާކިސްތާނާއި ބަނގުލަދޭޝްގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އޭނާ ވަނީ އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް