ޒުވާޏުންނަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީން ފެށި "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ހޯމަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމް ފެށި ރޭގައި އެވެ. ހުރަވީ ބިލްޑިންގުގައި ފޯމް ދޫކުރުމާއި ބަައިގަތުމާއި އެނޫންވެސް ކަންކަން ކުރިޔަށް ދާއިރު އެ ސަރަހައްދަު އޮތީ ފުރި ބާރުވެފައި އެވެ. މި ޕްރޮގްރާމްގައި ފޯމް ހުށަހަޅާ ތަރުތީބުން ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް އެއް ދުވަހުގެ ތެރޭގައި ހަދައި ފާސްވުމުން ހަމަ އެރޭ ލައިސަންސް ލިބެ އެވެ.
މި ޕްރޮގްރާމުގައި ސައިކަލް ލައިސަންސްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސަންސް ވެސް ނެގެ އެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ފޯމުގެ އިތުރުން، ދެން ހުށަހަޅަން ޖެހޭނީ ޑްރައިވިން ލައިސަންސަށް އެދޭ ފޯމެވެ. އެ ފޯމުތަކުގައި ޖަހަން ބޭނުންވާ ފޮޓޯ އާއި ސްޓޭމްޕާއި އައިޑީ ކާޑު ކޮޕީ ނެގުމާއި ފައިސާ ބަލައިގަތުމާ ބެހޭ އިންތިޒާމް ވެސް ހަމަޖައްސާފައި ވަނީ ހުުރަވީ ބިލްޑިންގުގެ ތިރީގަ އެވެ. ތިއަރީ ޓެސްޓާއި ލައިސަންސް ކާޑަށް ދައްކަން ޖެހޭ ފީގެ އިތުރުން އެހެން ފީއެއް ނުނަގަ އެވެ.
ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް އެ ޕްރޮގްރާމް ހިންގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް