އޮބާމާގެ ދަރިދެކެ ލޯބިވާ ވަކީލަކު އޮބާމާއަށް 50 ގެރި، 70 ކަންބަޅި، 30 ބަކަރި ހުށަހަޅައިފި

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެ އަންހެން ދަރި މާލިޔާ އޮބާމާ އާ ކައިވެނި ކުރަން ބޭނުންކަމަށް ބުނެ ކެންޔާގެ ވަކީލަކު އޮބާމާއަށް 50 ގެރިއާއި 70 ކަންބަޅިއާއި 30 ގެރި ހުށަހަޅައިފި އެވެ. ކެންޔާގެ ނޫހެއް ...

26 May 2015 | 15:17

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެ އަންހެން ދަރި މާލިޔާ އޮބާމާ އާ ކައިވެނި ކުރަން ބޭނުންކަމަށް ބުނެ ކެންޔާގެ ވަކީލަކު އޮބާމާއަށް 50 ގެރިއާއި 70 ކަންބަޅިއާއި 30 ގެރި ހުށަހަޅައިފި އެވެ.

ކެންޔާގެ ނޫހެއް ކަމަށްވާ ނައިރޯބިއަން އަށް ދިން އިންޓަވިއުއެއްގައި ފެލިކްސް ކިޕްރޯނޯ ނަމަކަށްކިޔާ މި ވަކީލު ބުނެފައިވަނީ މާލިޔާއާ ކައިވެނި ކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އަންނަ ޖުލައިމަހު އޮބާމާ ކެންޔާއަށް ކުރާ ޒިޔާރަތުގައި ކައިވެނީގެ ވާހަކަ އޮބާމާއާ ދެއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އަހަންނަށް މާލިޔާދެކެ ލޯބިވެވުނީ 2008 ގައި، މާލިޔާއަށް ވަފާތެރިވާން ބޭނުންވާތީ އޭގެ ފަހުން އަދި އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅެން، އަހަރެންގެ އާއިލާއިންވެސް އެބަބުނޭ ބަކަރިއާ ކަންބަޅިއާ ގެރި ގަތުމަށް ފައިސާ ހޯދަން އެހީވާނެކަމަށް" ކިޕްރޯނޯ ބުނެފައި ވެ އެވެ.

ކިޕްރޯނޯ އިތުރަށް ބުނެފައިވަނީ މާލިޔާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބަކީ ހަގީގީ ލޯބި ކަމަށާއި މާލިޔާއާ ގުޅެން އޮބާމާގެ ރުހުން ލިބިއްޖެ ނަމަ ކައިވެނީގެ ހަފްލާ ވަރަށް ތަފާތުވެފައި ފުރިހަމަ ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް