ލޯބިވެރިޔާއާ މައްސަލަޖެހުމުން ހޯރަފުށީ އަންހެނަކު ލައްފިލުވާ ފުޅިއެއް ބޯލައިފި

ލޯބިވެރިޔާއާ މައްސަލަޖެހުމުން ހއ.ހޯރަފުށީ އަންހެނަކު ލައްފިލުވާ ފުޅިއެއް ބޯލައިފި އެވެ. އުމުރުން 29 އަހަރުގެ މި އަންހެންމީހާ އެ އަތޮޅު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު ކުޅުދުއްފު...

26 May 2015 | 15:01

ލޯބިވެރިޔާއާ މައްސަލަޖެހުމުން ހއ.ހޯރަފުށީ އަންހެނަކު ލައްފިލުވާ ފުޅިއެއް ބޯލައިފި އެވެ.

އުމުރުން 29 އަހަރުގެ މި އަންހެންމީހާ އެ އަތޮޅު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު ކުޅުދުއްފުށީ ނޫހެއް ކަމަށްވާ "ކުޅުދުއްފުށި އޮންލައިން"ގައި ބުނެފައިވަނީ މި އަންހެން މީހާއަކީ ކުރިން މީހަކާ އިނދެ މިހާރު ވަރިކޮށްފައިވާ މީހެއް ކަމަށެވެ.

އަދި މި އަންހެން މީހާ ކުޅުދުއްފުއްޓަށް ގެނައީ މިއަދު 1:30 ހާއިރު ކަމަށާއި އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމަޖެންސީގައި ފަރުވާ ދީފައިވާ ކަމަށްވެސް އެ ނޫހުގައި ވެ އެވެ.

އެ އަންހެންމީހާ ލައްފިލުވާ ފުޅިއެއް ބޯލުމަށްފަހު ފާހާނާ ސާފުކުރަން ބޭނުންކުރާ "ސާފު" ފުޅިއެއްވެސް ބޯލި ކަމަށް ކުޅުދުއްފުށީ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް