އިންޑިއާގެ ހޮސްޕިޓަލަކުން ކުޑަ އަންހެންކުއްޖެއްގެ ކިޑްނީ ވަގަށް ނަގައިފި!!

އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ އޭއައިއައިއެމްއެސް (އެއިމްސް) ހޮސްޕިޓަލުން ކުޑަ އަންހެއްކުއްޖެއްގެ ކިޑްނީ ވަގަށްނަގާފައިވާކަމަށްބުނެ އެ ކުއްޖާގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ. އިންޑި...

26 May 2015 | 12:35

އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ އޭއައިއައިއެމްއެސް (އެއިމްސް) ހޮސްޕިޓަލުން ކުޑަ އަންހެއްކުއްޖެއްގެ ކިޑްނީ ވަގަށްނަގާފައިވާކަމަށްބުނެ އެ ކުއްޖާގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އުމުރުން އެންމެ ހަ އަހަރުގެ އަންހެންކުއްޖެއްގެ ކިޑްނީ މައްސަލަ ޖެހުމުން އެއް ކިޑްނީ ނެގުމަށް މި އަހަރުގެ މާރިޗް މަހުގައި އޮޕަރޭޝަނެއްކުރި ކަމަށާއި އަދި އޮޕަރޭޝަން ކުރިތާ ހަފްތާއެއްގެ ތެރޭގައި ހާލު ދެރަވެ ސީޓީ ސްކޭނެއް ހެދި އިރު އެއްވެސް ކިޑްނީއެއް ނެތް ކަމަށް ސީޓީ ސްކޭނުން ދެއްކި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އެއިމްސްގެ ފަރާތުން ކޮމިޓީއެއް އެކުލަވާލާފައިވާކަމަށާއި އަދި މިހާރު މި މައްސަލަ އެ ކޮމިޓީން ބަލަމުން އަންނަ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް