އައިއެސްގެ މިސްރާބު ބާރު ސްޕީޑްގައި ވެރިރަށް ދިމިޝްގާ ދިމާއަށް

ސީރިޔާގެ ތާރީހީ އަދި އާސާރީ ރަށެއްކަމަށްވާ (ތަދްމުރު) ޕަލްމީރާ އައިއެސްގެ ކޮންޓްރޯލް ދަށުގައިވާއިރު ބާރު ސްޕީޑްގައި އައިއެސްއިން މިހާރު ދަތުރު ކުރަމުން އަންނަނީ އެގައުމުގެ ވެރިރަށް ދިމިޝްގާ ދިމާއަށް ކ...

26 May 2015 | 11:19

ސީރިޔާގެ ތާރީހީ އަދި އާސާރީ ރަށެއްކަމަށްވާ (ތަދްމުރު) ޕަލްމީރާ އައިއެސްގެ ކޮންޓްރޯލް ދަށުގައިވާއިރު ބާރު ސްޕީޑްގައި އައިއެސްއިން މިހާރު ދަތުރު ކުރަމުން އަންނަނީ އެގައުމުގެ ވެރިރަށް ދިމިޝްގާ ދިމާއަށް ކަމަށް މޮނީޓަރުން ބުނެފި އެވެ.

އައިއެސްއިން ތަދްމުރު ހިފީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. މޮނީޓަރުން ބުނާގޮތުން ތަދުމުރު އަނބުރާ އަތުލުމަށް ސީރިއާ ސިފައިން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އައިއެސްގެ ބާރު އެ ސަރަހައްދުގައި މާ ވަރުގަދަ ކަމަށް މޮނީޓަރުން ބުނެ އެވެ.

"އައިއެސްއިން މިހާރުވަނީ ތަދްމުރު އާއި ދިމިޝްގާ ދެމެދު އޮންނަ ބޮޑު މަގާ ހަމައަށް ދަތުރުކޮށްފައި، އެ ސަރަހައްދުގެ ގެތަކާއި ސަރުކާރު އޮފީސްތައްވެސް މިހާރު ކޮންޓްރޯލް ކުރަމުން އަންނަނީ އައިއެސްއިން" ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވެ އެވެ.

އައިއެސްއިން ސީރިއާ އަދި އިރާގުގައި ބާރު ގަދަ ކުރަމުން އަންނައިރު އެމެރިކާއިން އިސްވެ އޮވެ އައިއެސްއާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލީޝަނުން ބުނަނީ އައިއެސްގެ ބާރު އެ ސަރަހައްދުން ކަނޑުވާލެވޭނެ ކަމަށާއި މިހާރުވެސް ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް