އިލެކްޝަންސް ކޮމިޝަންގެ ބޭނުންތަކަށް ކަނޑުމަގުން ކުރާ ދަތުރުތައް އެމްޓީސީސީން ކުރާގޮތަށް އެއްބަސްވުމެއްގައި އެމްޓީސީސީއާއެކު އިލެކްޝަންސް އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޓީސީސީ ޓަވަރުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް އެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ ސޮއެ ކުރެވުނު އެމްޔޫއަކީ އިލެކްޝަންސް ކޮމިޝަނަކީ ގައުމީ ފެންވަރުގަޔާއި އަތޮޅު އަދި ރަށު ފެންވަރުގައި އިންތިހާބުތައް ރާވައި ހިންގާ ދައުލަތުގެ މުއައްސަސާއަކަށް ވާތީ ދަތުރުފަތުރުގެ އިންތިޒާމްތައް މިހާރަށްވުރެ ހަރުދަނާކޮށް އަދި ހަރަދުކުޑަކޮށް ކުރުމުގެ ގޮތުން ސޮއި ކުރެވުނު އެމްއޯޔޫއެއް ކަމަށެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ މަގްސަދަކީ ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ކަނޑުމަގުން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް މިހާރަށްވުރެ ފަސޭހަކަމާއި ޔަގީން ކަމާއެކު ކުރުން ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް