ނާޒިމްއާއެކު ފޮޓޯއެއް ނެގުމުން ޕީޕީއެމްގެ ކައުންސިލުން ޒައިދު ވަކިކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއެކު ފޮޓޯއެއް ނަގައި އެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒައިދުލްއަމީން އެ މަގާމުން ވަކިކޮށްފި އެވެ. ޕީޕީއެމ...

26 May 2015 | 10:34

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއެކު ފޮޓޯއެއް ނަގައި އެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒައިދުލްއަމީން އެ މަގާމުން ވަކިކޮށްފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ދުވަހަށް މިކަން ކަށަވަރުކޮށްދީފައިވާއިރު ޒައިދުއާމެދު އެގޮތަށް ނިންމީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ކަމަށް ވެ އެވެ.ކުރީގެ ޑިފެންސް މިނިސްޓަރާއެކު ޒައިދު ފޮޓޯއެއް ނެގީ ބޭސްފަރުވާއަށް ނާޒިމް ސިންގަޕޫރަށް ވަޑައިގެން ހުންނަވަނިކޮށެވެ.

މި މައްސަލައިގާ ކައުންސިލް މެމްބަރުކަމުން ޒައިދު ވަކިކޮށްފައިވާއިރު ނާޒިމް އާއެކު ފޮޓޯ ނެގި މައްސަލައިގާ ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްގެ މައްސަލަވެސް ސުލޫކީ ކޮމިޓީން ބަލަމުން އަންނަކަމަށް ދުވަހަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވި އެވެ. އަދި މިވަގުތު އަލީމް ހުރީ މަސައްކަތުން ދުރުކޮށްފައިކަމަށްވެސް ދުވަހަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް