ގެއެއްގެ ފުރާޅުމަތީގައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ޔުމްނުގެ ބޭސްފަރުވާއަށް ޢާއިލާއިން ބޭނުންވާ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ، ޓިކްޓޮކްގައި ޝެހެނާޒް (ޝެހޭ) ގެ ލައިވް އަކުން ފެށި މަސައްކަތުން ހަމަކޮށްދީފިއެވެ.
އެގޮތުން ދެ ގަޑިއިރުގެ ތެރޭގައި ހަތަރު ލައްކަ 80 ހާހަށްވުރެ ގިނަ ރުފިޔާ އަދި 9900 އަށްވުރެ ގިނަ ޑޮލަރާއެކު އެކު ޖުމްލަ ހަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ފަންޑްސް ވަނީ ރެއިޒްކޮށްފައެވެ.
ފަންޑްރެއިޒިންގް އެކި ހަރަކާތްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ކުރިއަށްގެންގޮސްފައިވެއެވެ.
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް ގެންދިއުމަށް ހުރިހާ ހަރަދެއް ސަރުކާރުން ކުރިން ދޭނެކަމަށް ޢާއިލާއަށް ކުރިން ސަރުކާރުން އެންގި ނަމަވެސް ފަހުން އެކަން ވާން ނެތް ކަމަށް ޢާއިލާއިން ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުން 25 ހާސް ޑޮލަރު ޖަމާކޮށްދީފައިވެއެވެ.
ފަންޑްރައިޒްއިން ހަމަޖެހިގެންދިޔައީ އިތުރަށް ބޭނުންވާ ހަ ލައްކަ ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް