ޔުމްނު ވެއްޓުނު މައްސަލައާ ގުޅޭ އެންމެންގެ ފޯނު ހިފަހައްޓައިފި

މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގާ ހިމެނޭ އެންމެންގެ ފޯނު ހިފަހައްޓައިފިއެވެ. މީޑިއާތަކަ...

26 Apr 2025 | 10:20

މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގާ ހިމެނޭ އެންމެންގެ ފޯނު ހިފަހައްޓައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ އެކަމާއި ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެއީ ޖުމުލަ ނުވަ މީހެއް ކަމަށެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި 10 ވަނަ ފަންގިފިލާއާއި ދެމެދުގައިވާ ފެންލައިޓުން އެ ގެއާއި އިންވެ ހުރި ހ. މިޓާޒްގެ ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދެވެ.

ފޯނު ހިފަހައްޓާފައިވަނީ އެ ރޭ ޔުމްނުއާއެކު އުޅުނު މީހުންގެއެވެ.

އެރޭ ޔުމްނުއާއެކު އުޅުނު މީހުން:

ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް

ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު

މއ. މާންދޫގެދެކުނު، އިޒްދިޔާން މުހައްމަދު މައުމޫން

މއ. މާންދޫގެދެކުނު، ޔޫސުފް އަހުމަދު އަކްރަމް

ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު

މ. ތިލަފަޅު، އައިމިނަތު ޖުނައިނާ ޖަމްޝީދު

ނ. ވެލިދޫ ހުސެއިން ހަމީސް އަލީ

ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށު، އިޖާޒް ޖާއިޒް

ހަ ދުވަސް ފަހުން އެ މީހުންގެ ފޯނު ހިފެހެއްޓުމުގެ އަމުރު އިއްޔެ ނެގި ނަމަވެސް އިއްޔެއާއި ހަމައަށް ހިފެހެއްޓީ ހަތް މީހެއްގެ ފޯނެވެ. މިއަދު ދެމީހެއްގެ ފޯނު ހިފަހައްޓައި އެ އެންމެންގެ ފޯނު މިހާރު ހިފަހައްޓާފައިވާކަން ފުލުހުން މިވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް