މާލެއާއި ކޮލޮމްބޯއާއި ދެމެދު ދަތުރުތައް މޯލްޑިވިއަން އިން ފަށައިފި

މާލެއާއި ސްރީލަންކާގެ ކޮލޮމްބޯއާއި ދެމެދު ދަތުރުތައް މޯލްޑިވިއަންއިން ރޭގައި ފަށައިފިއެވެ. މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ކުރަން ނިންމާފައިވާއިރު ދަތުރުތައް ފަށާއިރު ދެކޮޅު...

26 Apr 2024 | 18:28

މާލެއާއި ސްރީލަންކާގެ ކޮލޮމްބޯއާއި ދެމެދު ދަތުރުތައް މޯލްޑިވިއަންއިން ރޭގައި ފަށައިފިއެވެ.

މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ކުރަން ނިންމާފައިވާއިރު ދަތުރުތައް ފަށާއިރު ދެކޮޅުގެ ޓިކެޓުގެ އަގަކީ ހަމަ އެންމެ 165 ޑޮލަރެވެ. ކޮންމެ ޕަސިންޖަރަކަށް 30 ކިލޯގެ ބަގެޖް އެލަވަންސް ލިބިގެންދާއިރު ހަމަ ކޮންމެ ދަތުރެއްގައިމެ މިންހެޔޮ، މީރު ކެއުމެއް ލިބިގެންދާނެކަމުގައި މޯލްޑިވިއަންއިން ބުނެއެވެ.

ދަތުރު ތާވަލު:

ދުވަސް މަންޒިލް ފްލައިޓް ނަންބަރު ފުރާ ގަޑި ޖައްސާ ގަޑި ފްލައިޓް މަރުކާ
ބުރާސްފަތި/ހޮނިހިރު ކޮލޮމްބޯ-މާލެ Q2-940 19:35 21:35 320
ބުރާސްފަތި/ހޮނިހިރު ކޮލޮމްބޯ-މާލެ Q2-941 22:35 23:25 320

މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި އެ އެއާލައިންގައި ކޮލޮމްބޯއަށް ދަތުރުކުރާ ޕަސިންޖަރުންނަށް ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަން ލިބުމާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ހިލޭ ބަލައިލެވުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ޗެކަޕްގެ ފުރުސަތު ހިލޭ ލިބިގެންދާނެއެވެ. އަދި ލެބޯރެޓޮރީ ޓެސްޓްތަކުން 15 އިންސައްތަ އަދި އެކްސްރޭ ހިދުމަތުން ފަސް ޕަސެންޓް ޑިސްކައުންޓް އަދި ސްކްރީނިންގް ޕެކޭޖްތަކުން ހާއްސަ ޑިސްކައުންޓް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވިއަންގެ މި ދަތުރުތައް ތަޖުރިބާ ކޮށްލެއްވުމަށް ދަތުރުކުރުމަށް އެ އެއާލައިންގެ ވެބްސައިޓުންނާއި މޯބައިލްއ އެޕްލިކޭޝަން މެދުވެރިކޮށް އައި ޓިކެޓް އޭޖެންޓުންނާއި ވައިބަރ މެދުވެރިކޮށް މިހާރު ޓިކެޓު ބުކް ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް