އުރީދޫ ހަދިޔާ ފޮށީގެ އެންމެ ޚާއްސަ އިނާމު ލިބުނީ ފަޔާޒަށް

މިއަހަރުގެ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށޤފިއެވެ. އެ ކުންފުނީގެ ހެޑްކުއާޓާޒް ގައި ކުރިއަށްދިޔަ ރަސ...

26 Apr 2024 | 04:21

މިއަހަރުގެ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށޤފިއެވެ.

އެ ކުންފުނީގެ ހެޑްކުއާޓާޒް ގައި ކުރިއަށްދިޔަ ރަސްމިއަޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒެވެ. އޭނާގެ އިނާމު ހަވާލުކޮށްފައިވަނީ އޭނާގެ ބަދަލުގައި ވަޑަގެންނެވި މަލީހު މުހައްމަދުއަށެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ވެސް ހަދިޔާފޮށިން ވަނީ ދޫކޮށްފައެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް ގެ އިތުރުން ގިނަ އިނާމުތަކެއް ވެސް މިއަހަރުގެ ހަދިޔާފޮށީގައި ހިމަނަފައި ވެއެވެ.

އުރީދޫގެ ސީއީއޯ ހުސައިން ނިޔާޒު ވިދާޅުވީ މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަން ކޮށް، އާ ކަންކަން ކަސްޱަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް ކަމަށެވެ. އަދި ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށް ވެސް ކާމިޔާބު ކަމާއެކުގައި ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ވަނީ މަރުޙަބާ ވެސް ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް