އެހެން އަހަރުތަކެކޭ އެއްފަދައިން ނިމިދިޔަ ރޯދަ މަހަކީވެސް އުރީދޫ މޯލްޑިވްސްގެ ފަރާތުން ރޯދަވެރީންނަށްޓަކައި ގިނަ ގުނަ ހަރަކާތްތަކާއި ގިނަ އެހީތެރިކަމެއް ފޯރުކޮށްދިން އަހަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބައެއް ހަރަކާތްތަކަށް ބަލާއިރު:
ކޮމިއުނިޓީ އިފްތާރު (މުޖްތަމައަށް ހަދިޔާ ކުރި ރޯދަވީއްލުން)
ނިމިދިޔަ ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ވެގެންދިޔައީ ރޯދަވެރީންނަށް އުފާވެރިކަން ގެނުވި ހަވީރަކަށެވެ. އުރީދޫއިން ކޮންމެ ހުކުރު ދުވަހަކު ކޮމިއުނިޓީ އިފްތާރުގެ ނަމުގައި ރޯދަވެރީންނަށް ހާއްސަ ރޯދަވީއްލުމެއް ދެމުން ގެންދިޔައެވެ.
މި ރޯދަވީއްލުން ކުރިއަށްގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގެ ކުރިމަތީގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ގުޅިގެން އުރީދޫ އިން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ހަމަ ކޮންމެ މުސްލިމަކަށްވެސް މަރުހަބާ ކިޔާ، ކުރިއަށްގެންދިޔަ އިޖްތިމާއީ ހަރަކާތެކެވެ. އެންމެ ފުރަތަމަ ހުކުރުގައިވެސް 200 އަށްވުރެ ގިނަ މުސްލިމުން މި ރޯދަވީއްލުމުގައި ބައިވެރިވެފައިވާއިރު ހުކުރަކަށްފަހު ހުކުރެއް މީހުން އިތުރުވަމުންދިޔަކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރޯދަ ނިމި ޢީދަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫއިން ވަނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ޢީދު ސައި ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތަށްވެސް ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.
ޑޮނޭޓް އެން އިފްތާރް (ރޯދަވީއްލުން ހަދިޔާ ކުރުމުގެ ފުރުސަތު)
ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. ސަދަގާތް ކުރުމުގެ މައްސަރެވެ. އަދި ހެޔޮ އަމަލު ގިނަގިނައިން ކުރުމުގެ މައްސަރުވެސް މެއެވެ. މި ކަމަށް އިތުރު ބާރަކަށްވެގެންދާނެފަދަ ގޮތަކަށް އަދި ފަސޭހަކަމާއެކު ސަދަގާތެއް ކޮށްލެވޭފަދަ އިންތިޒާމެއްގެ ދަށުން އުރީދޫ މޯލްޑިވްސް އިން ނިމިދިޔަ ރޯދަމަހު ކުރިއަށްގެންދިޔަ އަނެއް ހަރަކާތަކީ "ޑޮނޭޓް އެން އިފްތާރު" ނުވަތަ ރޯދަ ވީއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫއިން މި ހަރަކާތް ކުރިއަށްގެންދިޔައީ މިސަން ފޯރ މައިގްރޭންޓް ވޯކާސް އިން މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި ގުޅިގެންނެވެ.
މި ހަރަކާތް ކުރިއަށްގެންދިޔައީ އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް އެންމެ 50 ރުފިޔާ އަށް ރޯދަވީއްލުމެއް ހަދިޔާ ކުރެވޭނެފަދަ އިންތިޒާމެއްގެ ދަށުންނެވެ.
ހަމަ މި ބީދައިން އެމް-ފައިސާ މެދުވެރިކޮށް މުޖްތަމައަށް ބޭނުންތެރި ކަންކަމާއި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުވެސް އުރީދޫއިން މި ރޯދަ މަހު ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ، ފިޔަވަތި، ކުޑަކުދިންގެ ހިޔާ އަދި މަމްސް އެންޖީއޯ ކެންސަރ ސޮސައިޓީ، ޕީސް ފައުންޑޭޝަން އަދި މިސްކިތު ފަންޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަސޭހަ އިންތިޒާމު އުރީދޫއިން ހަމަޖައްސައިދިނެވެ.
މަމްސް ޖަމިއްޔާއާއި ގުޅިގެން، ކެއާ ބާސްކެޓްސް ހަދިޔާ ކުރުން
ރޯދަމަހު އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ މިފަދަ އަނެއް ހަރަކާތަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކެއާ ބާސްކެޓްސް (ބޭނުންތެރި ތަކެތި އެކުލެވޭ ޕެކޭޖެއް) ހަދިޔާ ކުރުމެވެ. މި ހަރަކާތް އުރީދޫއިން ކުރިއަށްގެންދިޔައީ މަމްސް ޖަމިއްޔާއާއި ގުޅިގެންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭހެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، މަސް ދަޅު، ހަނޑޫ، ހަކުރު، ފުށް، ކައްކާ ތެޔޮ، ދަޅު ތަރުކާރީ، އަލަނާސި ދަޅު، ބޭކެޑް ބީންސް، މާރީ ބިސްކޯދު، ފާރޮށި ކުނޑި، ގެރިކިރު، ކޭކް މިކްސް، މައިލޯ، ބަންދުކުރި ވަޅޯމަސް، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ނޫޑްލްސް، ފްރުޓް ކޮކްޓެއިލް، ރޯޒް ސިރަޕް، ޗިލީ ޕައުޑާރ، ހަނާކުރި ހަވާދު، ޕެޕަރ ޕައުޑާ ހިމެނޭހެން ކެއާ ޕެކޭޖްތައް ބަހާފައިވެއެއެވެ.
މިކަންކަމުގެ އިތުރުންވެސް ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ އެތައް ހަރަކާތަކަށް އުރީދޫގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ނިލަންދޫ ތަރި 1443، އޭދަފުށި ފުޓްސަލް ކަޕް، ކުޑަރިކިލު ފުޓްސަލް ޓޯނަމަންޓް، ނޫރް މަދަހަ މުބާރާތް، އެލް4 ކަޕް، މަޑުއްވަރީ ފުޓްސަލް ޗެލެންޖް ފާހަގަކޮށްލެވެއެވެ.
އުރީދޫ މޯލްޑިވްސް އިން މުޖްތަމައަށް ފައިދާހުރި، އާންމުންގެ ހިތްތަކާއި މޫނުތަކަށް އުފާވެރިކަން ގެނެސްދޭ މިފަދަ އެތައް ހަރަކާތެއް ކޮންމެ ރޯދަމަހެއްގައިވެސް ކުރިއަށްގެންދެއެވެ. އުންމީދަކީ މިފަދަ އެތައް ހަރަކާތެއް ކުރިއަށް އޮތް ރޯދަމަސްތަކުގައިވެސް އުރީދޫއިން ކުރިއަށްގެންދިޔުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް