ވެމްކޯ ކޮތަޅަށް އޮންލައިންކޮށް އޯޑަރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިފި

މާދަމައިން ފެށިގެން ވެމްކޯއިން ވިއްކަން ފަށާ "ބިން ލައިނަރ" ކޮތަޅަށް އޮންލައިންކޮށް އޯޑަރު ކުރެވޭނެ އިންތިޒާމެއް ވެމްކޯއިން ހަމަޖައްސައިފިއެވެ. އެގޮތުން https://wamco.com.mv/online/forms/2311526939174...

26 Apr 2023 | 16:21

މާދަމައިން ފެށިގެން ވެމްކޯއިން ވިއްކަން ފަށާ "ބިން ލައިނަރ" ކޮތަޅަށް އޮންލައިންކޮށް އޯޑަރު ކުރެވޭނެ އިންތިޒާމެއް ވެމްކޯއިން ހަމަޖައްސައިފިއެވެ.

އެގޮތުން https://wamco.com.mv/online/forms/231152693917460/  މި ލިންކު މެދުވެރިކޮށް މިހާރު އޯޑަރު ކުރެއްވޭނެ ކަމުގައި ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނެފައިވާގޮތުގައި އޯޑަރު ކުރާތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި ދޮރާއި ހަމައަށް ޑެލިވަރ ކޮށްދޭނެއެވެ. މި ފުރުސަތު ލިބިގެންދާނީ މަދުވެހެން 24 ބޮނޑި އޯޑަރުކުރާކަމުގައިވާނަމަ ކަމުގައިވެސް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން ވިއްކާ ބިން ލައިނާތަކާއި ސައިޒުތަކާއި އަގުތައް

  • ލާޖް ސައިޒް (11*17އިންޗި)، 100 ކޮތަޅުގެ ބޮނޑިއެއް 35 ރުފިޔާއަށް (ފެހި އަދި ކަޅު ކުލަ)
  • ޑަބަލް އެކްސްއެލް (18*27އިންޗި)، 100 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް (ފެހި އަދި ކަޅު ކުލަ)
  • ޓްރިޕަލް އެކްސްއެލް (36*48އިންޗި)، 50 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް، (ފެހި އަދި ކަޅު ކުލަ)

މާދަމައިން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނަރ ވިއްކަން ފަށާނެއެވެ.

މި ކޮތަޅު އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސް ތަކުން، ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ. އަދި މި ވެމްކޯއިން ތާއާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ވެމްކޯއިން ދެ ކުލައެއްގެ ކޮތަޅު ވިއްކާއިރު ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ  ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް