ސައޫދީ އިސްނެމުގެ މަތިން މިއަދުވެސް ސޫދާނުން 58 ގައުމެއްގެ 1687 މީހަކު ސަލާމަތުން ބޭރުކޮށްފި

ދާހިލީ ހަނގުރާމައެއް ހިނގަމުން އަންނަ ސޫދާނުގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ފަރާތްތައް ސަލާމަތުން އެ ގައުމުން ސަލާމަތުން ބޭރުކުރުމަށް ސައޫދީ އަރަބިއްޔާއިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މި...

26 Apr 2023 | 16:09

ދާހިލީ ހަނގުރާމައެއް ހިނގަމުން އަންނަ ސޫދާނުގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ފަރާތްތައް ސަލާމަތުން އެ ގައުމުން ސަލާމަތުން ބޭރުކުރުމަށް ސައޫދީ އަރަބިއްޔާއިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު އިތުރު 1687 މީހަކު އެ ގައުމުން ބޭރުކޮށް ސަލާމަތުން ސައޫދީއަށް ގެންގޮސްފިއެވެ.

މިއަދު ސޫދާނުން ބޭރުކުރި 1687 މީހުންގެ ތެރޭގައި 58 ގައުމަކަށް ނިސްބަތްވާ ރައްޔިތުން ހިމެނޭކަމަށް ސައޫދީން ބުނެއެވެ.

އެ ގައުމުތަކުގެ ތެރޭގައި ސައޫދީއަށް ބިސްބަތްވާ 13 މީހެއްގެ އިތުރުން، އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ސޫރިޔާ، ނެދަލެންޑްސް، އިރާގު، ތުރުކީ، ތަންޒާނިޔާ، ޖަރުމަނުވިލާތް، ސްވިޑަން، ލުބުނާނު، އޮމާން، އަލްޖީރިޔާ، މިސްރު، މޮރޮކޯ، ތޫނިސް، ތައިލެންޑް، އިންޑިއާ، ލީބިޔާ، އުރުދުން، ފަލަސްތީނު، މޮރިޓޭނިއޭ، ޔަމަން، ކެނެޑާ، ސްވިޒަލޭންޑް، އަޔަރލޭންޑް، އަރްމޭނިޔާ، ހަންގޭރީ، އިތިއޮޕިޔާ، ސިއެރަލިއޯން، ނައިޖީރިޔާ، ސެނެގާލް، ދިބޫތީ، ކޭޕް ވާޑެ، ކޮންގޯ، މަޑަގަސްކަރަ، އައިވަރީ ކޯސްޓް، ސޯމާލިޔާ، ދެކުނު އެފްރިކާ، ބޮސްވާނާ، މަލާވީ، ކްރޮއޭޝިޔާ، ނިކަރަގުއާ، ލައިބީރިއާ، ދެކުނު ސޫދާން، ކެންޔާ، ޔުގާންޑާ، ފިލިޕީންސް، އަފްޣާނިސްތާން، އިންޑޮނޭޝިޔާ، ޒިމްބާބްވޭ، ޕާކިސްތަން، ޗާޑް، ބަންގްލަދޭޝް، ނައިޖަރ އަދި ސްރީ ލަންކާ ހިމެނެއެވެ.

ސައޫދީން ބުނެފައިވަނީ މި އޮޕަރޭޝަން މާދަމާވެސް ކުރިއަސްދާނެ ކަމަށާއި ސަލާމަތް ކުރެވޭ އެންމެން ސަލާމަތުން ގައުމަށް ފޮނުވެންދެން އެ ފަރާތްތަކަކީ ސައޫދީގެ މެހެމާނުންގެ ގޮތުގައި ބަލާނެ ކަމަށެވެ.

ސައޫދީގެ މި އިސްނެގުމުގެ ދަށުން މިހާތަނަށް 2148 މީހަކު ވަނީ ސަލާމަތުން ސޫދާނުން ބޭރުކޮށްފައެވެ.

މި މަހުގެ 15ގައި ސޫދާނުގައި ފެށުނު ދާހިލީ ހަނގުރާމައިގެ ދެވަނަ ހަފްތާ ފެށިގެން ކުރިއަށްދާއިރު ދެ ފަރާތުންވެސް ހަމަލާތައް ހުއްޓާލަން ތިން ފަހަރަށް އެއްބަސްވި ނަމަވެސް އެއްމެ ފަހަރަކުވެސް އެ އެއްބަސްވުމަށް އިހްތިރާމްކޮށްފައެއް ނުވެއެވެ.

ސޫދާނުގައި މިހާރު ކުރިއަށްދާ ދާހިލީ ހަނގުރާމައަކީ ވަކި ބާރެއްގެ ގޮތުގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގޫލް (ހަމިއްތީ) އާއި ސިޔާދަތީ މަޖިލިސް އަދި ސިފައިންގެ އިސް ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްޙާން އާއި ދެމެދު ގައުމުގެ ވެރިކަމަށް ދެފަރާތުން އެދި ހިނގަމުންގެންދާ ދާހިލީ ހަނގުރާމައެކެވެ.

2019-2021ގައި ހަމިއްތީ އާއި އަބްދުލްފައްތާހާއި ދެ މީހުން ގުޅިގެން ގެނައި އަސްކަރީ ބަގާވާތަށްފަހު ވެރިކަން ކުރަމުންގޮސްފައިވަނީ ދެމީހުން އެކުގައި ކަހަލަގޮތަކަށް ބައެއް ބާރުތައް ބަހާލައިގެންނެވެ. އެހެން ނަމަވެސް މަސްރަހު ހޫނުވެގެންދިޔައީ އާރްއެސްއެފް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނަނަ އެކުލާވަލަން ދެ ފަރާތުންވެސް އެއްބަސްވާ ރޯޑްމެޕުގެ މުއްދަތު އަވަސްވުމާއި ލަސްވުމާއިއެވެ.

ހަމިއްތީ ބޭނުންވަނީ އެ ބަދަލު ދިހަ އަހަރުގެތެރޭގައި ގެނައުމަށެވެ. އެހެންނަމަވެސް އަބްދުލްފައްތާހް ބޭނުންވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ބަދަލު ގެނައުމަށެވެ.

ވެރިކަމާހެދި ކުރިއަށްދާ މި ދާހިލީ ހަނގުރާމަ ދެވަނަ ހަފްތާ ފެށިފައިވާއިރު މިހާތަނަށް 413 މީހަކު މަރުވެ 3551 މީހަކު ޒަހަމްވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް