އުއްޗުގެ ކާއްޓާއި ކަރާ ބެހުން މާދަމާ

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން މާލޭގެ ރައްޔިތުންނަށް ހަދިޔާކުރި ކާށްޓާއި ކަރާ މާދަމާ ބަހަން ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ. އެކަން ހާމަކޮށް ސިޓީ ކައު...

26 Apr 2023 | 11:09

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން މާލޭގެ ރައްޔިތުންނަށް ހަދިޔާކުރި ކާށްޓާއި ކަރާ މާދަމާ ބަހަން ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

އެކަން ހާމަކޮށް ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި އާންމު ރައްޔިތުންނަށް ކާށި އަދި ކަރާ ބަހަމުންދާނެ ކަމަށެވެ.

މިގޮތުން ސިޓީ ކައުންސިލުން ދޫކުރާ ކާށި އަދި ކަރާ ހޯދުމަށްޓަކައި އައިޑީ ކާޑު ހިފައިގެން އައުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު)ގައި ކަމަށެވެ.

ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކުވެސް މި ޚިދުމަތް ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މާދަމާ ކާއްޓާއި ކަރާ ބެހުން ކުރިއަށް ދާނީ 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށެވެ.

އަދި ހޮނިހިރު ދުވަހު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް މި ޚިދުމަތް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ހަމައެހެންމެ މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށް ކާއްޓާއި ކަރާ ބެހުމަށް ހަމަޖެހިފައިވާ  ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް