ރިޔާސީ އިންތިހިހާބުގެ ވޯޓާސް ލިސްޓު އަންނަ މަހު އާންމު ކުރަނީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އަންނަ މަހު އާންމު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ...

26 Apr 2023 | 08:09

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އަންނަ މަހު އާންމު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އެވެ. އީސީން ދަނީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ވޯޓާސް ލިސްޓު އާންމު ކުރުމަށް ހަމަޖެހިފައިވަނީ މެއި ދެ ވަނަ ދުވަހު ކަމަށެވެ. ލިސްޓު އާންމު ކުރުމާއި އެކު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ޝަކުވާގެ ގޮތުގައި ބަލައިގެންނަނާނީ ލިސްޓުގައި ނަން، ރެޖިސްޓްރީ އަދި އައިޑީކާޑު ނަމްބަރު ނުބައިކޮށް ހުރުން ފަދަ މައްސަލަތަކެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 283،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް