އަޕްގްރޭޑިން މަސައްކަތް ކުރަމުންދާތީ މިއަދު މާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުގެ މަސައްކަތް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮ...

26 Apr 2023 | 07:56

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުގެ މަސައްކަތް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، (ސްޓެލްކޯއިން) ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން ދެންމެ ބުނީ ކަރަންޓު ކެނޑޭނީ މާލެގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަމަށެވެ.

އެގޮތުން މިއަދު މެންދުރު 13:00 އިން 15:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގު، އަލިކިލޭގެފާނު މަގު، ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

އަދި ގަލޮޅުގެ ބޮޑުތަކުރުފާނު މަގާއި، ހަވީރީމަގާއި، ރަބީއީ ހިނގުމުގެ އިތުރުން، ކާނޭޝަން މަގުން މިއަދު މެންދުރު 13:00 އިން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ހަމައެހެންމެ ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި، މަޖީދީމަގުގެ އިތުރުން، ޗަމްޕާ މަގުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާފަންނުގެ ބޮޑުތަކުރުފާނު މަގާއި، ބޮޑުފުންގަނޑު މަގާއި، މަޖީދީމަގާއި، ބުރެވި މަގުގެ އިތުރުން، ވައިޖެހޭ މަގާއި، ލަސިމޫ ގޯޅިން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށާއި ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް