ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާއަށްފަހު މާދަމާ މަޖިލިސް ޗުއްޓީއަށްދާން ނިންމައިފިއެވެ.
މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މާދަމާ މެންދުރު 12:00ގައި މަޖިލިސް ނިންމުމަށް ގަސްތުކުރައްވާ ކަމަށެވެ.
އަދި މާދަމާއިން ފެށިގެން ދެ ހަފުތާއަށް މަޖިލިސް ޗުއްޓީއަށްދާނެ ކަމަށާއި މާދަމާ އަކީ މިދައުރުގެ އެންމެ ފަހު ބުރާސްފަތި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ.
މަޖިލިސް ޗުއްޓީއަށް ދާން ހަމަޖެހިފައި ވާއިރު ޤާނޫނު މިހާރު އޮތް ގޮތުން ކުނި މެނޭޖު ކުރުމާބެހޭ ޤާނޫނުގެ ދަށުން ނަގަމުން އަންނަ ޕްލާސްޓިކް ކޮތަޅު ފީ އާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ގިނަވެ ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް