ކޮކާ-ކޯލާ މޯލްޑިވްސް އިން އިންސްޓަގްރާމް އަދި ޓިކްޓޮކްގައި މަޝްހޫރު 8 ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިކޮށްގެން، "ބްލައިންޑް ޓޭސްޓް ޓެސްޓް" ހަރަކާތެއް ބާއްވައިފި އެވެ.
މި ހަރަކާތުގެ ތެރެއިން، ކޮކާ-ކޯލާގެ ތިން އުފެއްދުމެއްގެ ތެރެއިން ކޯކް ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮކާ-ކޯލާ އޮރިޖިނަލް ޓޭސްޓް، ކޮކާ-ކޯލާ ޒީރޯ ޝުގާ އަދި ޑައިޓް ކޯކް އެވެ.
ކޮކާ ކޯލާ މޯލްޑިވްސް އިން ބުނީ މި ހަރަކާތަކީ ކޯކް ޒީރޯގެ މީރު ރަހަ ދައްކާލުމުގެ އިތުރަށް، "މިއީ އެންމެ ރަނގަޅު ކޯކް ހެއްޔެވެ؟" މި ސުވާލު ހިތާއި ހިތާ ކޮށްލަން ފުރުސަތު ދިނުމަށް އިންތިޒާމްކުރި ހަރަކާތެއް ކަމަށެވެ.
ހަމަ އެއާ އެކު، ރާއްޖޭގައި ލިބެން ހުރި ކޮކާ-ކޯލާގެ ތަފާތު ބާވަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް ކޮކާ-ކޯލާ މޯލްޑިވްސް އިން ހާމަކުރެއެވެ.
ކޮކާ-ކޯލާ މޯލްޑިވްސް އިން ބުނީ މި "ބްލައިންޑް ޓޭސްޓް ޓެސްޓް" އަކީ ކޮކާ-ކޯލާ މޯލްޑިވްސްގެ ތަފާތު ބުއިންތަކުގެ ތަފާތު ރަހަތަކާއި ސިފަތައް ދައްކުވައިދިނުމަށް ރޭވިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓު ކަމަށެވެ.
މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އިން ވަނީ ކާމިޔާބުކަމާ އެކު ގިނަ ބަޔަކާ ހަމައަށް ވާސިލުވެ، "ޒީރޯ ޗެލެންޖަށް" ބޮޑު ޝައުގުވެރިކަމެއް އުފައްދައިފަ އެވެ.
ކޮކާ-ކޯލާ މޯލްޑިވްސްގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް އިންފްލުއެންސަ މާކެޓިން އަދި ކަސްޓަމަރުންގެ ބައިވެރިވުމާ އެކު ހިންގޭ ހަރަކާތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިއުމެވެ.
ކަސްޓަމަރުންގެ މެދުގައި ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދިނުމާ އެކު، ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ބެލުންތެރިންނާ ބަދަހި ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކޮކާ-ކޯލާ މޯލްޑިވްސްގެ ފަރާތުން މިފަދަ އިތުރު ހިތްގައިމު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
ކޮކާ-ކޯލާ މޯލްޑިވްސް އިން ވަނީ ޒީރޯ ޗެލެންޖާއި ކޮކާ-ކޯލާ މޯލްޑިވްސްގެ ހިތްގައިމު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އިންސްޓަގްރާމާއި ފޭސްބުކްގައި @CocaColaMaldives ފޮލޯ ކުރުމަށް އެދިފައެވެ.
ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ.
ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް